އާސަންދަ މެދުވެރިކޮށް އައިވީއެފް ހެދޭ ގޮތް ހަދައި ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

ވަޒީރުންގެ ބައްދަލުވުންތަކަށްފަހު މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އާސަންދަ ސްކީމްގެ ގަވައިދު އިސްލާހުކޮށް، ގެޒެޓުކުރާނެ ކަމަށާއި އައިވީއެފަށް ހާއްސަކޮށް އުސޫލެއް ހަދާނެ ކަމަށެވެ.

"އައިވީއެފް، އައިޔޫއައި ހިދުމަތް ދެވޭގޮތް އިއުލާންކުރެވިގެންދާނެ. ރާއްޖޭގައި މި ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ހޮސްޕިޓަލްތަކުން ވެސް މި ހިދުމަތް ދެވޭނެ ގޮތް ހަމަޖައްސައިދެވިގެންދާނެ." ރައީސް ވިދާޅުވިއެވެ.

އަދި ރާއްޖޭގައި މި ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ހޮސްޕިޓަލުތަކުންވެސް މި ހިދުމަތް ދެވޭނެ މަގު ހަމަޖައްސާ ދެވިގެން ދާނެ ކަަމަށް ރައީސް ވިދާޅުވިއެެވެ.

ރައީސް ވަނީ ފާޓިލިޓީ ކެއާއަށް ގާތްގަނޑަކަށް 30 މިލިއަން ރުފިޔާގެ ފަންޑެއް އަންނަ އަހަރު ގާއިމްކުރަން ނިންމާފައިވާކަމަށް އިއުލާންކުރައްވައިފައެވެ.