ދަ ޑިމޮކްރެޓްސްގެ ރައީސްކަމަށް އެޕާޓީގެ މުއައްސިސް، ވަގުތީ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލީސް މެމްބަރު ހަސަން ލަތީފު އިންތިޚާބުކޮށްފިއެވެ. 

ހޮނިހިރު ދުވަހު ބޭއްވި ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި ރައީސްކަމަށް ވާދަކޮށް، 404 ވޯޓުގެ ތަފާތަކުން ހަސަން ލަތީފު ކުރި ހޯއްދެވީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި އެޕާޓީން ރަނިންގމޭޓެއްގެ ގޮތުގައި ވާދަކުރެއްވި، އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސެން ޢަމްރޫ ރަޝާދާ ވާދަކޮށްގެންނެވެ. 

ނަތީޖާ ޢިއުލާނުކުރުން ފަސްކުރުމުގެ ސަބަބުން، ވަރަށް ގިނަ ބަޔަކު ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރި މި އިންތިޚާބުގައި ޙަސަން އަށް ލިބިވަޑައިގެންފައި ވަނީ 1704 ވޯޓެވެ. އަދި ޢަމްރޫއަށް ލިބިވަޑައިގެންކަމަށް ނަތީޖާއިން ދައްކަނީ 1300 ވޯޓެވެ. 

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު ލިބޭ 5888 މެންބަރުން ތިބިއިރު، ވޯޓުގައި ބައިވެރިވެފައި ވނީ 3209 މެންބަރުންނެވެ. އެއީ 54 އިންސައްތައެވެ. 

ހަސަން ހޮވި ވަޑައިގަތީ 1،704 ވޯޓާއިއެކުއެވެ. ހަސަން އާއި ވާދަކުރެއްވި ކުރީގެ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރކަން ކުރެއްވި ހުސެން އަމްރޫ ރަޝާދަށް ލިބިވަޑައިގެންނެވީ 1،300 ވޯޓެވެ. އެހެންކަމުން ހަސަން ކުރިހޯއްދަވާފައިވަނީ 404 ވޯޓާއިއެކުއެވެ. އިންސައްތައިން ބަލާއިރު 57 އިންސައްތައެވެ.