ސަރުކާރުގެ އެކި ވުޒާރާތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރުންގެ ނައިބުގެ ފެންވަރުގައި އިތުރު 17 ބޭފުޅަކު ޢައްޔަނުކުރައްވައިފިއެވެ.

މިގޮތުން ޢައްޔަނުކުރެއްވި ބޭފުޅުންނަކީ؛

  • މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބު- އިބްރާހީމް ޝާޒް ޙަބީބު، ހ. ޖާވާ
  • މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބު- އަމާނީ މުޙައްމަދު، މަތިމަރަދޫ. ރޯޒީސައިޑް، ލ.ގަން
  • މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު- އާމިނަތު ނާޡިމާ، ހ. ފައިންޕާރކް
  • މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު- އާމިނަތު މާރިޔާ، މ. ހަވާއީ
  • މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު- ޝަޖާޙު ފިރާޤު، ސައުދީމަންޒިލް، ހއ. ބާރަށް
  • މިނިސްޓަރ އޮފް ހެލްތުގެ ނައިބު- ޢަލީ ނާޞިރު، ހަވާސާ، ލ. މާބައިދޫ
  • މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބު- ނާޝިމާ ޢަބްދުއްލަޠީފް، މ. ލައިޓުޝެޑޯވ
  • މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބު- އިބްރާހީމް ސުޢޫދު، ބޮޑުކެކުރިމާގެ، ހއ. ބާރަށް
  • މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބު- އަޝްހަދު ސަޢީދު، އަބުގަސްދޮށުގެ، ގއ. ދެއްވަދޫ
  • މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ނައިބު- ޙަޞްމާ ޙަސަންމަނިކު، ދެރަހަ، ގދ. ހޯނޑެއްދޫ
  • މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ނައިބު- އާމިނަތު ނަމްޒާ، މ. ހަނީކޯމްބް
  • މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ނައިބު- އާމިނަތު އިސްމާޢީލް، މ. ޗާލޮޓް
  • މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނައިބު- އަޒުހަރު ޢަބްދުﷲ ސަޢީދު، ސީނާޒް، ގދ. މަޑަވެލި
  • މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ނައިބު- އިބްރާހީމް ޔާސިރު، ވ. އެލަމް
  • މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ނައިބު- އާމިނަތު ޝަޝީ، މ. ހާފުސް
  • މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނައިބު، މަރްޔަމް ޝިއުނާ، ހުޅުމާލެ. ފްލެޓް 02-3-160
  • މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ނައިބު- އިބްރާހީމް ފަޔާޟް، މ. މެރީޑްރީމް

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ނައިބު މިނިސްޓަރުންގެ ޖުމުލަ ޢަދަދު މިހާރު 59އަށް އަރައެވެ.