"މާލޭ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" ނަން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިންގ ބޯޑް"ގެ ނަމަށް ބަދަލުކޮށްފިއެވެ. 

ދަރުމަވަންތަ ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލްގެ ކަންކަން ބެލެހެއްޓުމަށް އުފައްދާފައިވާ ބޯޑުގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ބަދަލުކުރެއްވުމަށް ފަހު މި ބޯޑަކީ، ރައީސްގެ ސީދާ އިރުޝާދުގެ ދަށުން ހިންގާ، އަދި އެ މަނިކުފާނަށް ޖަވާބުދާރީވާނެ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިންގ ބޯޑް، އިދާރީ ގޮތުން ހިނގަމުންދާނީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުންނެވެ.