ވަޒީރެއްގެ ފެންވަރުގައި އިސްލާމީ މަރްކަޒުގެ އިސް އިމާމު ކަމަށް ދ. މީދޫ ފެހިގެ، ފަޟީލަތުއްޝެއިޚް މުޙައްމަދު ލަޠީފް ހަމަޖައްސަވައިފިއެވެ. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޒީރެއްގެ ފެންވަރުގައި އިސް އިމާމަކަށް ހަމަޖެއްސެވި ޝެއިޚް މުޙައްމަދު ލަޠީފު ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އިސްލާމީ މަރްކަޒުގެ އިމާމު ކަމުގެ މަގާމު ފުރުއްވާފައެވެ.