ރިޔާސީ އިންތިޚާބުވައި ޑރ. މުޙައްމަދު މުޢިއްޒުގެ ތަރުޖަމާނުކަން ކުރެއްވި، އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި، އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠަލާލު، ވަޒީރެއްގެ ފެންވަރުގައި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. 

ކޮމިޝަނަރ ކަމާ ޙަވާލުވެވަޑައިގަތުމުގެ ކުރީން، ޠަލާލު މިހާރު ވަނީ، ޕީޕީއެމްއިން ވަކިވެވަޑައިގެންފައެވެ. އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމުންވެސް އޭނާ ވަނީ އިސްތިއުފާ ދެއްވައިފައެވެ.