ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް މިރޭ މެންބަރުން ޢައްޔަނު ކުރައްވައި، އެ ބޭފުޅުންނާ މަގާމުގެ ފަތްކޮޅު ޙަވާލުކުރައްވައިފިއެވެ. 

ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މެންބަރު ކަމުގެ ޤާނޫނީ ހުވައި ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅުއެރުވުން އޮތީ، ހުުކުރު ދުވަހުގެ ރޭ 19:45ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

އާސަރުކާރުގެ ކެބިނެޓް މެންބަރުން ހުވައި ކުރެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ ކުރިފުޅުމަތީގައެވެ. ހުވައި ކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

ޑރ. މުޢިއްޒުގެ ސަރުކާރުގެ ކެބިނެޓް:

  • މިނިސްޓަރ އޮފް ޑިފެންސް: އަލްފާޟިލް މުޙައްމަދު ޣައްސާން މައުމޫން.
  • މިނިސްޓަރ އޮފް ފޮރިން އެފެއާޒް: އަލްފާޟިލް މޫސާ ޒަމީރު.
  • މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ: އަލްފާޟިލް ޢަލީ އިޙްސާން.
  • މިނިސްޓަރ އޮފް ފިނޭންސް: ޑޮކްޓަރ މުޙައްމަދު ޝަފީޤް.
  • މިނިސްޓަރ އޮފް އެޑިޔުކޭޝަން: ޑޮކްޓަރ އިސްމާޢީލް ޝަފީޢު.
  • މިނިސްޓަރ އޮފް ހެލްތް: ޑޮކްޓަރ ޢަބްދުالله ޚަލީލް.
  • މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް: އަލްފާޟިލް މުޙައްމަދު ސަޢީދު.
  • މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް: އަލްފާޟިލް އަޙްމަދު ޝިޔާމް.
  • އެޓަރނީ ޖެނެރަލް: އަލްއުސްތާޛު އަޙްމަދު އުޝާމް.
  • މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް: ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު.
  • މިނިސްޓަރ އޮފް ޓޫރިޒަމް: އަލްފާޟިލް އިބްރާހީމް ފައިޞަލް.
  • މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް: ޑޮކްޓަރ ޢާއިޝަތު ޝިހާމް.
  • މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން: އަލްފާޟިލް ޢަބްދުالله ރާފިޢު.
  • މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީ: އަލްފާޟިލް ޠާރިޤު އިބްރާހީމް.
  • މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް: ޑޮކްޓަރ ޢަލީ ހައިދަރު އަޙްމަދު.
  • މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން: އަލްފާޟިލް މުޙައްމަދު އަމީން.
  • މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް: އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް.
  • މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް: ޑޮކްޓަރ މަރްޔަމް މާރިޔާ.
  • މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ: ޑޮކްޓަރ ޢަބްދުالله މުއްޠަލިބް.
  • މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ: ޑޮކްޓަރ ޢާއިޝަތު ރަމީލާ.
  • މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް: އަލްފާޟިލް އިބްރާހީމް ވަޙީދު.
  • މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް: އަލްފާޟިލް އާދަމް ޝަރީފް.