އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާ ޖަލްސާގައި ރައީސް އިބްރާހީމް ބައިވެރިވެވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. 

ޑރ. މުޢިއްޒު ރައީސްކަމުގެ ހުވާކުރައްވާ ޖަލްސާއަށް ރައީސް އިބްރާހީމަށް އެރުވި ދަޢުވަތު އެމަނިކުފާނު ވަނީ ޤަބޫލުފުޅުކުރައްވާފައިކަމަށްވެއެވެ. 

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ޖަލްސާ އޮންނާނީ ހުކުރު ދުވަހު ހަވީރު 4:45ގައި ޖުމްހޫރީ މައިދާނުގައެވެ. ހުވާކުރެއްވުމުގެ ޖަލްސާގައި 4500 އެއްހާ މީހުން ބައިވެރިވުމަށް ހަމަޖެހިފައިވާ އިރު، މި ރަސްމިއްޔާތަށް ދައުލަތުގެ ބަޖެޓުން ވަނީ، 22 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިފައެވެ.