ތައިލެންޑުގެ ބޮޑުވަޒީރު ސްރެއްތާ ތަވިސިން އަޚްލާޤީ މިންގަނޑުތަކާ ހިލާފުވެގެން ކަމަށް ބުނެ އެގައުމުގެ ދުސްތޫރީ ކޯޓުން މަގާމުން ވަކިކޮށްފިއެވެ.

ތައިލޭންޑުގެ ދުސްތޫރީ ކޯޓުން، ފަނޑިޔާރުންގެ 5-4ގެ ވޯޓާއެކު މިގޮތަށް ނިންމީ، ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ ކުރީގެ ގާނޫނީ ވަކީލެއް ކަމަށްވާ ޕިޗިޓް ޗުއެންބާން އޭނާގެ ކެބިނެޓަށް ސްރެއްތާ އައްޔަން ކުރުމާ ގުޅިގެން، އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ބުނެއެވެ.

ދާދިފަހުން ތައިލޭންޑުގެ އިދިކޮޅު މައި ޕާޓީ އުވާލާފައިވުމާއި އަދި މި ހުކުމުގެ ސަބަބުން ތައިލެންޑްގެ ސިޔާސީ މަސްރަހު އާ ހަލަބޮލިކަމެއްގެ ތެރެއަށް ވަނީ ވެއްޓިފައެވެ.

ތައިލެންޑުގެ ބޮޑުވަޒީރު ރެތާ ތަވިސިން މަގާމުން ވަކިކުރީ އަޚްލާޤާއި ޚިލާފުވެގެން ކަމަށް ބުނެ އެގައުމުގެ ދުސްތޫރީ ކޯޓުން ސިޔާސީ ގޮތުން ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަމުންނެވެ.

ތައިލެންޑުގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކަށް ނަޒަރު ހިންގާލާއިރު، މިއީ ފާއިތުވި 16 އަހަރުގެ ތެރޭގައި މި ކޯޓުން ތައިލެންޑުގެ ވަނަ ބޮޑުވަޒީރު ބަދަލުކުރި ހަތަރުވަނަ ފަހަރެވެ.

މި ހުކުމް އިއްވާފައިވަނީ، ހަމަ އެ ކޯޓުން، މިދިޔަ އަހަރުގެ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި އެގައުމުގެ މަޝްހޫރު ޕްރޮގްރެސިވް މޫވް ފޯވާޑް ޕާޓީ އުވާލައި، 10 އަހަރަށް އެޕާޓީގެ ލީޑަރުން ސިޔާސީ މަސްރަހުގައި ޚަރަކާތްތެރިވުން މަނާކުރިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. މޫވް ފޯވާޑް ޕާޓީ އުވާލުމުގެ ސަބަބުން ތައިލޭންޑުގެ ސިޔާސީ މަސްރަހު ވަނީ އިތުރަށް ހަލަބޮލިވެ ގައުމު ނުތަނަވަސްކަމުގެ ތެރެއަށް ވެއްޓިފައެވެ.